ޝީޝާ

ވިޝަން 110 ރާއްޖޭގެ ހޮންޑާއިން ތައާރަފުކޮށްފި

0%
0%
0%

ހޮންޑާއިން އާ މޮޑެލްއެއް ތަފާތު ޑިޒައިން އަކާއިއެކު ރާއްޖޭގެ ބާޒާރަށް ނެރުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ރާއްޖޭގައި ހޮންޑާ ވިޝަން 110 ވިއްކަނީ ރާއްޖޭގައި ހުންނަ ހޮންޑާ މޮޓޯ ސައިކަލުގެ ހަމަ އެކަނި ޑިސްޓްރިބިއުޓަރު -- ޝީޝާ އިންނެވެ.

ހޮންޑާ ވިޝަން އަކީ ވަރަށް މަގުބޫލު އަދި ރާއްޖޭގައި ދުއްވާލަން ފަސޭހަ ޑިޒައިނަކަށް ތައާރަފް ކޮށްފައިވާ މޮޑެލް އެކެވެ. ޝީޝާއިން ހޮންޑާ ވިޝަން ގެ ހަތަރު ކުލައެއް ވިއްކަ އެވެ. އެއީ ނޫ، އަޅި، ކަޅު އަދި ހުދު ކުލަ އެވެ.

ހޮންޑާއިން ރާއްޖެއަށް ތައާރަފް ކުރި އާ މޮޑެލް - ހޮންޑާ ވިޝަން 110. -- ފޮޓޯ: މުހައްމަދު ޒައިން އިބްރާޙިމް | އަވަސް

ހޮންޑާ ވިޝަން އަކީ ރާއްޖޭގެ މާހައުލަށް ބަލައިގެން ތައާރަފް ކޮށްފައިވާ ސައިކަލެކެވެ. އެގޮތުން ތަޅުދަނޑި، ފޯނު އަދި ކުދި ކުދި ސާމާނު ލެވޭ ގޮތަށް ސައިކަލުގެ ހުންގާނާ ގުޅޭ ގޮތަށް ފްރޮންޓް ޕޮކެޓެއް ހުންނާނެ އެވެ. މީގެ ސަބަބުން ސައިކަލު ދުއްވާ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

ފްރޮންޓް ޕޮކެޓުގެ އިތުރުން ބައެއް ސާމާނު އަޅުވާލެވޭ ގޮތަށް ހުކްއެއްވެސް މި ސައިކަލުގައި ހިމެނޭނެ އެވެ.

ހޮންޑާއިން ރާއްޖެއަށް ތައާރަފް ކުރި އާ މޮޑެލް - ހޮންޑާ ވިޝަން 110. -- ފޮޓޯ: މުހައްމަދު ޒައިން އިބްރާޙިމް | އަވަސް

ހޮންޑާ ވިޝަން އަކީ ޒަމާނީ ޓެކްނޮލޮޖީއާއި އެކު ހޮންޑާއިން ނެރުނު ސައިކަލެކެވެ. އެގޮތުން ސައިކަލު ސްޓާޓް ކުރަން ބޭނުން ކުރާނީ ހޮންޑާ ސްމާޓް ކީ ސިސްޓަމެވެ. މީގެ ސަބަބުން ސައިކަލު ދުއްވާ މީހާއަށް ފަސޭހަވެ ސައިކަލުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ވާނެ ކަމަށް ހޮންޑާއިން ބުނެ އެވެ.

ހޮންޑާ ވިޝަންގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ސައިކަލުގެ މަޑި ދަށުގައި އެއްޗެހި އެޅުމަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ޔޫ ބޮކްސްގެ ބޮޑުކަމެވެ. ހޮންޑާ ވިޝަންގެ ޔޫ ބޮކްސްއަށް ހެލްމެޓު ނުވަތަ އެހެނިހެން ތަކެތިވެސް ލެވޭނެ އެވެ. މީގެ ސަބަބުން ބާޒާރު ކުރަންދާނަމަ ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ އެވެ.

ހޮންޑާއިން ރާއްޖެއަށް ތައާރަފް ކުރި އާ މޮޑެލް - ހޮންޑާ ވިޝަން 110. -- ފޮޓޯ: މުހައްމަދު ޒައިން އިބްރާޙިމް | އަވަސް

ވިޝަން 110 ރޯދަ ރޯޅި ޕްރޮމޯޝަންގައި 49،900 ރުފިޔާއަށް ލިބޭނެ އެވެ.

ހޮންޑާ ވިޝަން ރާއްޖެއިން ލިބެން ހުންނާނީ މާލެ، ހުޅުމާލެ، އައްޑޫ، ފުވައްމުލަށް، ލ.ގަން، ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ހުންނަ ޝީޝާގެ ޝޯރޫމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345