ރައީސް އޮފީސް

އިތުރު ސްޓޭޓް މިނިސްޓަރަކު އަނެއްކާވެސް ވަކިކޮށްފި

އާ ސަރުކާރުގެ އިތުރު ސްޓޭޓް މިނިސްޓަރަކު އަނެއްކާވެސް މަގާމުން ވަކިކުރައްވައިފި އެވެ.

މިފަހަރު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައި ހުންނެވި ޏ. ފުވައްމުލައް މިސްކިތްމަގު. މާވޭދު، މުންއިމް އަނީސް އެވެ.

އޭނާ މަގާމުން ވަކިކުރައްވާފައިވާ ކަމަށް ރައީސް އޮފީހުންވެސް ޔަގީންކޮށްދެ އެވެ. ނަމަވެސް ވަކިކުރި ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.

މީގެކުރިންވެސް މިސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައި ހުންނެވި ފުވައްމުލަކު ބޭފުޅަކު ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.

އެއީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައި ހުންނެވި ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ ރައީސް މުހައްމަދު ފަހްމީ ހަސަން އެވެ. އޭނާ ވަކިކުރެއްވީ މަގާމަށް އައްޔަންކުރެއްވިތާ ހަތަރު ދުވަސް ފަހުންނެވެ.