ރައީސް އޮފީސް

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު ބޭފުޅުންތަކެއް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު 20 ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންނަށް މިއަދު އައްޔަންކުރެއްވި 20 ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެންމެ ދެ އަންހެން ބޭފުޅުންނެވެ. ބާކީ ތިއްބެވި 18 ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވި ބޭފުޅުން

  • އާމިނަތު ރަނާ ހުސައިން ޝިހާމް - ފޮރިން މިނިސްޓްރީ
  • ހުސައިން ޒީނީ - ހޯމްލޭންޑް މިނިސްޓްރީ
  • އަރްޙަމް ޙުސައިން - ހޯމްލޭންޑް މިނިސްޓްރީ
  • އަލްއުސްތާޒު ހައްސާނު ހަމީދު - ހޯމްލޭންޑް މިނިސްޓްރީ
  • އަހްމަދު އައިމަން - ފިނޭންސް މިނިސްޓްރީ
  • އަލްއުސްތާޒު އިސްމާއީލް ޒާހިރު - ހެލްތު މިނިސްޓްރީ
  • އަލްއުސްތާޒާ ޝަފީޤާ ނައީމު - ފިޝަރީޒް މިނިސްޓްރީ
  • އައްޝައިޚް މުޠީއު އިސްމާއީލް މުޙައްމަދު - އިސްލާމިކް މިނިސްޓްރީ
  • އައްޝައިޚް އުސާމް މުހައްމަދު ސައީދު - އިސްލާމިކް މިނިސްޓްރީ
  • ބްދުﷲ ރަޝީދު - ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
  • އަލީ ނިޒާރު - ސްޕޯޓްސް މިނިސްޓްރީ
  • އަލްއުސްތާޒު ޒާއިދު އަހްމަދު - ހައުސިން މިނިސްޓްރީ
  • ހަސަން ޛިހާން - ޓްރާންސްޕޯޓް މިނިސްޓްރީ
  • އަހްމަދު އަންވަރު - ހެރިޓޭޖު މިނިސްޓްރީ
  • އަލީ ސަލީމް - ކޮންސްޓްރަކްޝަން މިނިސްޓްރީ
  • އަހްމަދު އަދުނާން - އެގްރިކަލްޗާ މިނިސްޓްރީ
  • މުޙައްމަދު ނާފިޒު - ޔޫތު މިނިސްޓްރީ
  • އަހްމަދު އިރުފާހް - ލޯކަލް ގަވަރުމަންޓް މިނިސްޓްރީ
  • އަބްދުﷲ މުފީދު - ލޯކަލް ގަވަރުމަންޓް މިނިސްޓްރީ
  • އަލީ ޝަމީމް - ލޯކަލް ގަވަރުމަންޓް މިނިސްޓްރީ

ރައީސް މުއިއްޒު ވަނީ މިމަހުގެ 28 ވަނަ ދުވަހުވެސް ޑެޕއިުޓީ މިނިސްޓަރުންގެ މަގާމަށް 26 ބޭފުޅަކު އައްޔަންކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރުން ތިއްބަވަ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.