ރައީސް އޮފީސް

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް 17 ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު 17 ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންނަށް މިއަދު އައްޔަންކުރެއްވި 17 ބޭފުޅުންގެ ތެރޭގައި 8 އަންހެން ބޭފުޅުން ހިމެނެ އެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވި ބޭފުޅުން

  • އިބްރާހީމް ޝާޒް- ފޮރިން މިނިސްޓްރީ
  • އަމާނީ މުހައްމަދު - ހޯމްލޭންޑް މިނިސްޓްރީ
  • އާމިނަތު ނާޒިމާ - އެޑިޔުކޭޝަން މިނިސްޓްރީ
  • އާމިނަތު މާރިޔާ - އެޑިޔުކޭޝަން މިނިސްޓްރީ
  • ޝަޖާޙު ފިރާގު - އެޑިޔުކޭޝަން މިނިސްޓްރީ
  • އަލީ ނާސިރު - ހެލްތު މިނިސްޓްރީ
  • ނާޝިމާ އަބްދުއްލަތީފް - ޓޫރިޒަމް މިނިސްޓްރީ
  • އިބްރާހީމް ސުއޫދު - ޓޫރިޒަމް މިނިސްޓްރީ
  • އަޝްހަދު ސައީދު - ޓޫރިޒަމް މިނިސްޓްރީ
  • ހަސްމާ ހަސަންމަނިކު - ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
  • އާމިނަތު ނަމްޒާ - ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
  • އާމިނަތު އިސްމާއީލް - ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
  • އަޒުހަރު އަބްދުﷲ ސައީދު - ހައުސިން މިނިސްޓްރީ
  • އިބްރާހީމް ޔާސިރު - ޓްރާންސްޕޯޓް މިނިސްޓްރީ
  • އާމިނަތު ޝަޝީ - ހަޔަ އެޑިޔުކޭޝަން މިނިސްޓްރީ
  • މަރްޔަމް ޝިއުނާ - ޔޫތު މިނިސްޓްރީ
  • އިބްރާހީމް ފަޔާޒު - ލޯކަލް ގަވަރުމަންޓް މިނިސްޓްރީ

ރައީސް އޮފީހުން މިހާތަނަށް އިއުލާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް 61 ބޭފުޅަކު ވަނީ އައްޔަންކުރައްވާފަ އެވެ. މިނިސްޓަރުން ފެންވަރުގައި 15 ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގައި 48 ބޭފުޅަކު މިހާތަނަށް ވަނީ އައްޔަންކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައިވެސް 22 ވަޒީރުން ތިއްބަވަ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.