ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު 13 ބޭފުޅުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައެއް މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

މިބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ސްޓޭޓް މިނިސްޓަރުންނަށް މިއަދު އައްޔަންކުރެއްވި 14 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ހަ އަންހެން ބޭފުޅުންނާއި 18 ފިރިހެން ބޭފުޅުންނެވެ.

ސްޓޭޓް މިނިސްޓަރުންނަށް އައްޔަންކުރެއްވި ބޭފުޅުން

  • މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް - ޝެރީނާ އަބްދުއްސަމަދު، ސ. މަރަދޫ، ސަނީޑޭލް
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ
  • މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން - އައިޝަތު ސޮފޫރާ، ސ. ފޭދޫ، އީރާނުގެ
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް - މުހައްމަދު ޒަހީން، ހއ. ކެލާ، އުފަންވެލި
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ޓޫރިޒަމް - އަހްމަދު ނާޒިމް މުހައްމަދު، ގއ. ދެއްވަދޫ، ނާރެސް
  • މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް - އަބްދުﷲ ސައުދާން، މ. ޕެޓީބާޑް
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް އަޒުރާ އަހްމަދު، މ. ހުކުރަދިގެ
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަހްމަދު އާތިފް، އއ. ފެރިދޫ، ޝަބްނަމްގެ
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އައިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ.
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - އަބްދުއްލަޠީފް އަހްމަދު ، ދަފްތަރު. ނަންބަރު ރސ 2345.
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް - މުހައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110

ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އަދި އެ ފެންވަރުގައި އައްޔަންކުރެއްވި ބޭފުޅުންގެ އަދަދު މިހާރު ވަނީ 65 އަކަށް އިތުރުވެފަ އެވެ.