ޑރ. މުހައްމަދު މުއިއްޒު

ރައީސް ދިޔަމިގިއްޔަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިއްޔަށް ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހެނދުނު ފުރަތަމަ ވަޑައިގަތީ ތ. ގުރައިދޫ އަށެވެ.

ރައީސް މުއިއްޒު ދިޔަމިގިއްޔަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސް މުއިއްޒު ތ. އަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ތ. އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށަށް ވަޑައިގަންނަވާނެ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.