ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ތައުޒިޔާ ޝާހިދުގެ އާއިލާއަށް

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕަ -- މޫސާ ޖަމީލް، އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް، ތައުޒިޔާ ވިދާޅުވީ މީސް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އެކްސް މެދުވެރިކުރައްވައި ކަމަށެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި މޫސާ ޖަމީލް، އަވަހާރަވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާ އެކުގައި ކަމަށް ވިދާޅުވި އެވެ. އަދި މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސްގެ މެސެޖުގައި ދުއާ ކުރައްވާފައިވެ އެވެ.

މޫސާ ޖަމީލް މިއަދު އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.