ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރައްވާ ދެވަނަ ނުރަސްމީ ދަތުރުފުޅެވެ.

އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މާޗް 21 ވަނަ ދުވަހުގެ ރެ އެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރައީސް މުއިއްޒު ވަނީ ރަސްމީ ދަތުރުފުޅުތަކެއްގައި ތުރުކީ، ޔޫއޭއީ އަދި ޗައިނާއަށް ވަޑައިގެންފަ އެވެ.