ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ސަސްޕެންޑުކޮށްފި އެވެ.
ޝިފާޒު ސަސްޕެންޑްކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީގެ ބައެއް ބޭފުޅުންވެސް ޔަގީންކޮށްދެއްވި އެވެ،
ޝިފާޒު ސަސްޕެންޑް ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ސަސްޕެންޝަންގެ މުއްދަތެއްވެސް އެނގިފައެއް ނުވެ އެވެ.
ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މިހާރުވެސް ސަސްޕެންޑްކޮށްފައި އެބަތިއްބެވެ. އެއީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން މަހުޒޫމް މާޖިދު އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލްމީޑިއާގައި ޕޯސްޓް ކުރެއްވުމާ ގުޅިގެން މި ތިން ބޭފުޅުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ.