ރައީސް އޮފީސް

ބޮޑު ތިން ގައުމެއްގެ ސަފީރުން ދައުރު ހަމަކޮށް ރާއްޖެއިން ފުރަނީ

(ކ-ވ): ކެރޮން ރޮސްލާ، މުނޫ މަހާވަރު، ވަން ލީޝިން
0%
0%
0%

ރާއްޖޭގައި ތިއްބެވި ބޮޑު ތިން ގައުމެއްގެ ސަފީރުން ދައުރު ފުރިހަމަކޮށް ރާއްޖެއިން ފުރަން ތައްޔާރުވެއްޖެ އެވެ.

މިގޮތުން ރާއްޖެއިން ފުރަން ތައްޔާރުވަނީ އިންޑިއާ ސަފީރު މުނޫ މަހާވަރު އާއި، ޗައިނާ ސަފީރު ވަން ލީޝިންގެ އިތުރުން އިނގިރޭސި ސަފީރު ކެރޮން ރޮސްލާ އެވެ.

މި ތިން ބޭފުޅުން ރާއްޖެއިން ފުރާވަޑައިގަތުމަށް ތައްޔާރުވަމުންދާތީ އެ ބޭފުޅުން ވަނީ ރާއްޖޭގެ ކަމާ ގުޅުންހުރި އިސްވެރިންނާ ބައްދަލުކުރައްވާ އެ ބޭފުޅުންގެ ދައުރުގައި ދިވެހި ސަރުކާރުގެ ތެރެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގައި މިވަގުތު ތިއްބެވި އިންޑިއާ އަދި އިނގިރޭސިވިލާތުގެ ސަފީރުންގެ ބަދަލުގައި އެ ދެ ގައުމުން މިހާރު ވަނީ ރާއްޖެއަށް އާ ސަފީރުން ހަމަޖައްސާފަ އެވެ. އެގޮތުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަނީ ގަންގަދަރަން ބާލާސުބްރަމާނިއަން ކިޔާ ބޭފުޅެކެވެ. އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވަނީ ނިކް ލޯ ކިޔާ ބޭފުޅެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރުގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678