ރައީސް އޮފީސް

ރާއްޖެއާއި އިނގިރޭސިވިލާތް އިތުރަށް ބަދަހިކުރަން މަޝްވަރާކުރައްވައިފި

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްއާ އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޭން-މެރީ ޓްރެވެލިޔަން ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދެވީ ރައީސް އޮފީހުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްއާ އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޭން-މެރީ ޓްރެވެލިޔަންގެ މެދުގައި ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން އިސްކަން ދެއްވާ ކަމުގައިވެސް ވިދާޅުވި އެވެ. ހަމަ އެއާއެކު އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ލިބުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި މެރީ ޓްރެވެލިޔަން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެ ގައުމު ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި، ސާފު ހަކަތަ ހޯދުމުގައި ހުރި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ގޮތެއްގައި ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ސިޔާސަތުތައް ކަނޑައެޅުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއަރަމުންދާތީ އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678