ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު ގެނެސްދޭން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓެކެވެ.

"ރައްޔިތުންނާ އެކު" މި ނަމުގައި ކުރިއަށްގެންދާ މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1:00 ގައި ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ގެނެސްދޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި ޕޮޑްކާސްޓު މިއަދު މެންދުރުފަހު 2:30 ގައި ދައުލަތުގެ މީޑިއާ އިން ގެނެސްދޭނެ އެވެ.