ރައީސް އޮފީސް

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު މަގާމުން ވަކިކުރައްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު މަގާމުން ވަކިކުރައްވައިފި އެވެ.

ރަމީޒު މަގާމުން ވަކިކުރި ކަމަކަށް ރައީސް އޮފީހަކުން އަދި ނުބުނެ އެވެ. ނަމަވެސް ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވަނީ ރަމީޒު މަގާމުން ވަކިކުރައްވާފައިވާ ކަމަށް އަވަސްއަށް ޔަގީންކޮށްދީފައެއް ނުވެ އެވެ.

ވަޒީރުންގެ ފެންރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ރަމީޒު އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވި ދުވަހު -- ނޮވެމްބަރު 17، 2013 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގެ ވެބްްސައިޓްގައި ރައީސް އޮފީހުގެ މިނިސްޓަރުންގެ ލިސްޓުގައި ރަމީޒުގެ ނަމެއްވެސް މިހާރު ނެތެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ރަމީޒު ވަކިކުރައްވާފައި މިވަނީ އޭނާއަށް ކުރެވުނު ތުހުމަތަކާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު އެވެ.

ރަމީޒުގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމު ވެސް މިއަހަރުގެ ޖޫން 23 ވަނަ ދުވަހު ހައްޔަރުކުރި އެވެ. އޭނާ ހައްޔަރުކުރީ ރައީސް މުއިއްޒުއާ "ކައިރިވުމަށް" ސިހުރު ހެދި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ޝަމްނާޒްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ ޕީޖީ ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފަ އެވެ.