LIVE UPDATES

ގައުމު އަމާންކުރުމުގެ މަސައްކަތުގައި ކާމިޔާބު ހޯދިއްޖެ: ރައީސް

Updated:
2
  • އިންފްލޭޝަން ރޭޓް ދެ ޕަސެންޓް ދަށުގައި ހިފަހައްޓާނެ
  • ބޮޑެތި މަޝްރޫއުތަކަށް 4.79 ބިލިއަން ރުފިޔާގެ ލޯނު ނެގި
  • ތިން އަހަރުން 64،000 ވަޒީފާ އުފައްދައިފިން

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވާ ޖަލްސާ މިއަދު ހެނދުނު 10:00 ޖަހާއިރު ފަށާނެ އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް މި އަހަރު ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާ މިއަދު ބާއްވާއިރު ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން ވެސް އެ މަނިކުފާނު މިއަދު މަޖިލީހަށް އިއްވަވާނެ އެވެ. ރިޔާސީ ބަޔާން ހުށަހެޅުއްވުމުގެ އިތުރަށް، އިތުރު ކަމެއް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ ކުރިޔަށް ދާނީ ދަރުބާރުގޭގަ އެވެ. މި ޖަލްސާގެ ޖަލްސާގެ ދައުވަތު މެންބަރުންނަށާއި، ދައުލަތުގެ ވަޒީރުންނާއި އެހެނިހެން ފަރާތްތަކަށާއި ބޭރުގެ އިތްޒަތްރެރިންނަށް އަރުވާފައިވާއިރު އިދިކޮޅު އެމްޑީޕީއިން ވަނީ މި ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. އަދި އެހެން އިދިކޮޅު ބައެއް މެންބަރުން ވެސް ޖަލްސާއަށް ވަޑައި ނުގަންނަވަވާނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދު ޖަލްސާ ކުރިއަށްދާ ވަގުތުގައި ދަރުބާރުގޭ ސަރަހައްދުގައު ސަލާމަތީ ކަންތައްތަކާއި ޓްރެފިކް ބެލެހެއްޓުމުގައި ވަނީ ފިޔަވަޅުތައް އަޅާފަ އެވެ. ޖަލްސާއަށް ދައުވަތު އެރުވިފައިވާ ބޭފުޅުންނަށް ޚާއްސަ ސްޓިކާ އެއްވެސް ވަނީ ދޫކޮށްފައެވެ.