LIVE UPDATES

ރައީސް ރިޔާސީ ބަޔާން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި ދެއްވައި ރިޔާސީ ބަޔާން އިއްވަވާ ހާއްސަ ޖަލްސާއަށް މިހާރު ވަނީ މަޖިލީހުގެ އިދާރާ ތައްޔާރުވެފަ އެވެ. މިއަދު ރައީސް ސޯލިހު ދެއްވާ ރިޔާސީ ބަޔާން ވެގެން ދާނީ ދިވެހި ރައްޔިތުންނަށް އުންމީދު އާ ކޮށްދެއްވާ އަދި އާ އުންމީދުތަކެއް ގެނެސް ދެއްވާނެ ބަޔާނަކަށެވެ. ކޮވިޑުގެ އުނދަގޫ ހާލަތުގައި އަހަރެއް ނިމިގެން ދިޔަ ގޮތުގާއި މިފަދަ އަހަރެއްގެ ތެރޭގަ އާއި އޭގެ ފަހުން ފަށާ އާ އަހަރެއްގައި ރާއްޖޭގެ އިގްތިސޯދު ބައްޓަން ކުރައްވާ ގޮތުގެ ސާފު ތަސައްވުރެއް ރިޔާސީ ބަޔާނުގައި ދެއްވާނެ އިރު އާދަވެގެން ރިޔާސީ ބަޔާނުގައި ހިމަނާ މުޅި އަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމަށް ވެސް ރައީސް އަލިއަޅުވައިލައްވާނެ އެވެ. އެ މަނިކުފާނު މިއަދު ދެއްވާނީ އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ ތިން ވަނަ ރިޔާސީ ބަޔާނެއް މި ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަން ގާތްގަނޑަށް 45 މިނެޓް އެ މަނިކުފާނު ހޭދަ ކުރައްވާނެ އެވެ.