ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި ދެއްވައި މާދަމާ ރިޔާސީ ބަޔާން ދެއްވަވާނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މާދަމާގެ ރައީސް ސޯލިހު ދެއްވާ ރިޔާސީ ބަޔާން ވެގެން ދާނީ ދިވެހި ރައްޔިތުންނަށް އުންމީދު އާ ކޮށްދެއްވާ އަދި އާ އުންމީދުތަކެއް ގެނެސް ދެއްވާނެ ފުރިހަމަ ރިޔާސީ ބަޔާނަކަށް ކަމަށެވެ.
"މާދަމާގެ ރިޔާސީ ބަޔާނުގައި ގައުމުގެ ކަންކަމަށް ފޯކަސް ކުރެއްވުމުގައި ރައީސް ބައްލަވާނީ ބޮޑަށް ނަމްބަރުން މުހާތަބު ކުރެއްވުމަށް." ތަރުޖަމާނު ވިދާޅުވި އެވެ.
މާދަމާގެ ރިޔާސީ ބަޔާނުގައި ގައުމުގެ ކަންކަމަށް ފޯކަސް ކުރެއްވުމުގައި ރައީސް ބައްލަވާނީ ބޮޑަށް ނަމްބަރުން މުހާތަބު ކުރެއްވުމަށްމަބްރޫކް އަޒީޒު | ރައީސް އޮފީހުގެ ތަރުޖަމާނު
މީގެ އިތުރުން ކޮވިޑުގެ އުނދަގޫ ހާލަތުގައި އަހަރެއް ނިމިގެން ދިޔަ ގޮތުގާއި މިފަދަ އަހަރެއްގެ ތެރޭގަ އާއި އޭގެ ފަހުން ފަށާ އާ އަހަރެއްގައި ރާއްޖޭގެ އިގްތިސޯދު ބައްޓަން ކުރައްވާ ގޮތުގެ ސާފު ތަސައްވުރެ ދެއްވާނެ ކަމަށް ވެސް ތަރުޖަމާނު މިއަދު ވިދާޅުވި އެވެ.
މީގެ އިތުރުން ރިޔާސީ ބަޔާނުގައި އާދަވެގެން ހިމަނާ މުޅި އަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމަށް ވެސް ރައީސް އަލިއަޅުވައިލައްވާނެ އެވެ.
މާދަމާ އަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނު ދެއްވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. މި އަހަރުވެސް މާދަމާ ސަރުކާރު ބަންދު ވާނެ އެވެ.