LIVE UPDATES

ރަޔަޓު ސިފައިން މަޖިލީހަށް ވަދެ މެންބަރުން ނެރެފި

  • މެންބަރުން ގަޔަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައި
  • ސިފައިން ވަނީ މެންބަރުން މިހާރު ބޭރުކޮށްފައި
  • މަޖިލީހުގެ އިދާރާގެ ތެރޭގައި ރަޔަޓް ގިޔަރުގައި ސިފައިން އެބަތިބި

ރައްޔިތުން މަޖިލީހުގައި ތަޅު އަޅުވައި ވަނުމަށް ހުރަސް އަޅާފައި ވަނިކޮށް، އިދިކޮޅު ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕް މެންބަރުންގެ މަޖިލީހުގެ ތެރ އިދާރާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ. އިދިކޮޅު މެންބަރުން ކުނޫޒު ކައިރީގައި ހިފަހައްޓާފައި ބެހެއްޓުމަށް ފަހު ފުލުހުން މިހާރު ވަނީ އެ މެންބަރުން މަޖިލީހަށް ދިޔުމަށް ދޫކޮށްލައިފަ އެވެ.

މ. ކުނޫޒުގައި އިދިކޮޅު މެންބަރުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދާމް ވިދާޅުވީ މަޖިލީހުގެ ތެރެއަށް ހުރިހާ މެންބަރުން ވަދެފައިވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި ތިބި މީހުން ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާ ހުރަސް އަޅާފައިވާ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅާފައިވީ ނަމަވެސް އިދިކޮޅު މެންބަރުން ހިނގާފައި މަޖިލީހަށް ވަޑައިގެން މަސައްކަތްތައް ކުރިޔަށް ގެންދަން ނިންމަވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ އިދާރާގައި ތަޅު އަޅުވައިގެން އުޅުއްވަނީ ގާނޫނާ ހިލާފަށް ކަމަށާއި މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅައިފި ނަމަ އެ މައްސަލަ ބަލާނެ ކަަމަށް ރޮޒޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަޖިލީހަށް ދިޔާމަ މެންބަރުންނަށް ނުވަދެވިއްޖެ ނަމަ މަޖިލީހުގެ ބާރު ކެނޑިގެން މަޖިލީސް އުވުނީ ކަމަށް ބެލެވޭނެ. މެންބަރުންނަށް ނުވަދެވެންނީ ނަމަ މަޖިލީހުގެ ބޭނުމެއް ނޯންނާނެ. ސިފައިންގެ ތެރެއިން ތަޅު އެޅުވި ބައެއް ބަލާނަން،" ރޮޒޭނާ ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިގަތުމަށް ނިންމާފައި ވަނީ މަޖީދީ މަގުން ހިނގާފައި ގޮސް ސޯސަން މަގުންނެވެ. އެ މަގުގައި ހުންނަ އެމްޑީޕީ އޮފީހުގެ ކުރިމަތީގައި ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. ނަމަވެސް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ މީހުން ފަހަތަައް ޖައްސަން ވަނީ ފަށައިފަ އެވެ.