ހަބަރު

ސްރީލަންކަން އެޑިއުކޭޝަން ފެއާ ފަށައިފި

Jun 7, 2015

ސްރީލަންކާގައިން ފުރުސަތު އޮތް ކޯސްތަކާއި ސްކޯލާޝިޕްތަކުގެ މައުލޫމާތު ފޯރުކޮށްދޭ "ސްރީލަންކަން އެޑިއުކޭޝަން ފެއާ" ނެޝަނަލް އާޓްގެލަރީގައި މިއަދު ހުޅުވައިފި އެވެ.

ހަވީރު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ނަޒީރު ފެއާ ހުޅުވައި ދެއްވުމަށްފަހު ވިދާޅުވީ ރާއްޖޭގެ ގިނަ އާއިލާތަކެއް، ސްރީލަންކާއި އުނގެނެމުން އަންނަ ކަމަށާއި

ފެއާގެ ސަބަބުން ސްރީ ލަންކާގައި މަތީ ތައުލީމު އުނގެނުމުގެ ގިނަ ފުރުސަތުތައް ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.

މާދަމާ އާއި އަންގާރައިގެ ނިޔަލަށް ކުރިޔަށްދާ ފެއާ އައްޑޫގައި ވެސް ކުރިޔަށް ގެންދާނެ އެވެ.