LIVE UPDATES

ކެބިނެޓް އިއުލާން ކުރައްވައިފި، ރެކޯޑް އަދަދަކަށް އަންހެނުން

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ރަސްމިއްޔާތަށް ތައްޔާރުވަމުންދާއިރު މުޅި ރާއްޖެ އޮތީ ރައީސް ސޯލިހުގެ ޒައާމަތަށް މަރުހަބާ ކިޔުމަށް ކެތްމަދުވެފަ އެވެ.