ހަބަރު

ވެރިކަން ކުރެވޭ އުމުރު ބަދަލު ކުރުމުގެ އިސްލާހު 77 ވޯޓުން ފާސްކޮށްފި

Jun 24, 2015
1

ވެރިކަން ކުރެވޭ އުމުރު 65-30 އަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަށް ބަދަލު ކުރަން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ އިސްލާހު ފާސްވީ މަޖިލީހަށް ހާޒިރުވި 79 މެންބަރުންގެ ތެރެއިން 77 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ލެއްވީ، ދެ މެންބަރުންނެވެ. 

އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެންް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެވެ. 

އެ ބިލަށް ޖޭޕީ، ޕީޕީއެމް، އެމްޑީއޭ އަދި އެމްޑީޕީ އިން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ.