މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރަން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ހެނދުނު 8:00 ފެށިގެން ވޯޓުލާން ވަނީ ފަށާފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް މި އިންތިހާބާ ދިމާކޮށް ވަކިވެފައިވާއިރު އެންމެ ބޮޑު ޕާޓީ އެމްޑީޕީ މިއަދު ނުކުންނަނީ މަޖިލީހުގެ މެޖޯރިޓީ ހޯދާށެވެ. އިދިކޮޅު ޕީޕީއެމާއި އާއި ޖުމްހޫރީ ޕާޓީ އާއި ޕީއެންސީ ވަނީ އެކަން ވިޔަ ނުދޭން ކޯލިޝަނެއް ވެސް ހަދާފަ އެވެ. މި އިންތިހާބުގައި 10 ޕާޓީއަކާއި އަމިއްލަ ގޮތުން 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އެމްޑީޕީގެ 85 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓެކެވެ. އަދި އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓުންނާއި އެމްޑީއޭގެ އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. ޑީއާރްޕީގެ ފަސް ކެންޑިޑޭޓުން އަދި އެމްޓީޑީގެ އަށް ކެންޑިޑޭޓުން ވާދާ ކުރާއިރު ލޭބާ ޕާޓީގެ 11 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަމިއްލަ ގޮތުން 174 ކެންޑިޑޭޓުން ވާދަކުރެ އެވެ.