LIVE UPDATES

ރިޔާސީ ބަޔާން ހުށަހަޅާ ޖަލްސާއަށް ތައްޔާރު

0%
0%
0%

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ތައްޔާރުވެއްޖެ އެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

މި ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައިވަނީ މިއަދު ހެނދުނު 9:00 ގަ އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު އިދިކޮޅު އެމްޑީޕީ އިން ވަނީ "ރިޔާސީ ބަޔާން އަޑުއަހަން އެންމެން މަޖިލިސް ދޮށަށް" ގެ ނަމުގައި މިއަދު މަޖިލިސް ކައިރިއަށް އެއްވުމަށް ނިންމާފަ އެވެ.

Auto Refresh in 30 seconds
06 Feb 09:16

ނަން އިއްވި މެންބަރުން

  • މީކާއީލު އަޙްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
  • ހަނިމާދޫ ދާއިރާ - ޢަބްދުލްޣަފޫރު މޫސާ
  • ވައިކަރަދޫ ދާއިރާ - ޙުސައިން ޒިޔާދު
  • ހިތަދޫ ދެކުނު ދާއިރާ - އިބްރާހީމް ނާޒިލް
  • ކެޔޮދޫ ދާއިރާ - މުޙައްމަދު ނިއުޝާދު
  • މަރަދޫ ދާއިރާ - އަޙްމަދުދީދީ
  • ތޮއްޑޫ ދާއިރާ - ޙުސައިން ސަމީރު
  • ކެންދޫ ދާއިރާ - މަޢުރޫފް ޛާކިރު
  • ގަލޮޅު އުތުރު ދާއިރާ - މުޙައްމަދު އިބްރާހީމް (ކުޑޫ)
06 Feb 09:14
ރިޔާސަތުން ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ނިކުންނަން ދެން މަޖިލިސް މެދު ކަނޑާލައިފި
06 Feb 09:12
އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވައިފި.
06 Feb 09:10
މި އަހަރަކީ އަމަލީ މަސައްކަތުގެ އަހަރު. ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް: ރައީސް މުއިއްޒު
06 Feb 09:08
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފަ. މެންބަރުން އިހުތިޖާޖު ކުރަން ފެށުމުން މެންބަރުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ.
06 Feb 09:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފައްޓަވައިފި
06 Feb 09:04
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފި
06 Feb 09:01
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: އަހުމަދު އަޒާން
06 Feb 08:55
އިދިކޮޅު އެމްޑީޕީ އިން މުޒާހަރާ ކުރަނީ
06 Feb 08:53
ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފި. ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.
Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345