ރައްޔިތުންގެ މަޖިލިސް

ޑެންމާކަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަންކުރަނީ

ރާއްޖެއިން ޑެންމާކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ގީލާ އަލީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގީލާ އަލީގެ ނަން ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ގީލާ އަލީއަކީ ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

މީގެ އިތުރުން ލަގްޒަމްބާގް އާއި ނެދަލެންޑްސްގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ގީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ވަނީ ރުހުންދީފަ އެވެ.