ރައްޔިތުންގެ މަޖިލިސް

ތިން ގައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރުހުންދީފި

(ކ) އިރުތިޝާމް އާދަމް (މ) މުހައްމަދު ލުވޭޒު (ވ) ޑރ. މަރްޔަމް ޝަބީނާ އަހުމަދު
0%
0%
0%

ރާއްޖެއިން ތިން ގައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުންދީފައިވަނީ ފިލިޕީންސް އާއި ސްޕެއިންގެ އިތުރުން ނިއުޒިލޭންޑަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުންނަށެވެ.

ޕިލިޕީންސަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހުމަދު އައްޔަންކުރަން ފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.

ސްޕެއިނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އައްޔަންކުރަން ފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.

ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 54 މެންބަރުންގެ އިއްތިފާގުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910