ވިޔަފާރި

ސެމްސަން ފަހުގެ ފޯނަށް އުރީދޫން ހާއްސަ ޕެކޭޖެއް

Aug 22, 2019

ސެމްސަންގެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓް ފޯނުތައް ޕްރީ އޯޑާ ކުރަން ރާއްޖޭގައި ހުޅުވާލައި، ފޯނު ގަތުން ފަސޭހަ ކޮށްދޭ ހާއްސަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފުކޮށްފި އެވެ.

އުރީދޫގެ ހާއްސަ މޮބައިލް ޕްލޭންގައި މަހަކު 1,100 ރުފިޔާ ދައްކައިގެން ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖް ތަކެއް ހިމެނެ އެވެ.

އުރީދޫ މެދުވެރިކޮށް ސެމްސަން ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތެއް ގޮތުގައި 50 ޕަސެންޓް ޑިސްކައުންޓާއެކު ސެމްސަން ގެލެކްސީ ވޮޗް އެކްޓިވް ގަތުމުގެ ފުރުސަތު ލިބެ އެވެ.

އެ ކުންފުނިން ތައާރަފުކޮށްފައިވާ ފުލްޕެކޭޖު ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނު ގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް މަހަކު އެއް ޖީބީ ޑޭޓާ ހިލޭ ލިބެ އެވެ.