ވިޔަފާރި

އުރީދޫ މޯލްޑިވްސް އަށް ބޭރުގެ ޝަރަފުވެރި ދެ އެވޯޑް

Aug 22, 2019

އުރީދޫ މޯލްޑިވްސް އަށް ބޭރުގެ ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުންޏަށް ލިބިފައިވަނީ އޭޝިއާގެ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި ޑިޖިޓަލް އެޗްއާރު ޓެކް ލީޑާޝިޕް އެވޯޑެވެ. އެ ކުންފުންޏަށް މި ދެ އެވޯޑު ލިބުނު މިއީ ތިން ވަނަ އަހަރެވެ.

ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެކެވެ. އުރީދޫ މޯލްޑިވްސް ވުޖޫދަށް އައީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ. ހައެއް އޮކްޓޯބަރު 2016 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ގާނޫނީ ހައިސިއްޔަތު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްފަހު، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ނަމުގައި ކުންފުނި ވަނީ އަލުން ރަޖިސްޓަރީ ކޮށްފައެވެ. ކުންފުނީގެ 90.5 ޕަސެންޓް ހިއްސާ ވަތަނިއްޔާ އިންޓަނޭޝަލް އެފްޒެޑް އެލްއެލްސީ އިން ހިއްސާކުރާއިރު، 9.5 ޕަސެންޓުގެ ހިއްސާ ކުރަނީ އާންމު ފަރާތްތަކުންނެވެ.

އުރީދޫ މޯލްޑިވްސްއަކީ ބައިނަލްއަގްވާމީ މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އުރީދޫ ގްރޫޕަށް ނިސްބަތްވާ ކުންފުންޏެކެވެ. އުރީދޫ ގްރޫޕަކީ 119 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ބައިނަލްއަގްވާމީ ފެންވަރުގައި މެދު އިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ 10 ގައުމެއްގައި މޮބައިލް، ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް އަދި ކަސްޓަމަރުންނާއި ވިޔަފާރި ތަކަށް ބޭނުންވާ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށް ދޭ ކުންފުންޏެކެވެ.