ވިޔަފާރި

އުރީދޫ ކްރޭޒީ ރޭހުގައި ޖެޓް ސްކީއެއް!

Oct 8, 2019

ރަށުގައި ދުއްވަން ޖެޓް ސްކީއެއް ބޭނުން ހެއްޔެވެ؟ އުރީދޫން މިހާރު ފަށާފައިވާ ކްރޭޒީ ރޭހުގައި މި ފަދަ އެތައް އިނާމުތަކެއް ހިމަނާފައި ވެއެވެ. ޓްރައި ކޮށްލަނިކޮށް ޖެޓް ސްކީއެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

ކްރޭޒީ ރޭސްގެ ނަމުގައި އުރީދޫ ކުރިއަށް ގެންދަނީ ފޯރި ގަދަ އެސްއެމްއެސް މުބާރާތެކެވެ. މުބާރާތުގެ ބައިވެރިންނަށް އިނާމުގެ ގޮތުގައި ސެމްސަންގް ބަޑްސް އާއި އެޕަލް އެއާޕޮޑް އަދި ގެލެކްސީ ވޮޗްގެ އިތުރުން އެޕަލް ވޮޗް އާއި ސެމްސަންގް ގެލެކްސީ އެސް 10 ދެ އެވެ. އަދި ގްރޭންޑް ޕްރައިޒެއް ގޮތުގައި ޖެޓްސްކީ އެއް ދެ އެވެ.

ކްރޭޒީ ރޭހުގެ ކުޅުންތެރިންނަށް އިނާމުތައް ލިބޭނީ ވީހާވެސް ގިނަ ސުވާލަށް ޖަވާބު ދީ، އެންމެ ގިނަ ޕޮއިންޓް ހޯދުމުންނެވެ. ސުވާލު ތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް ލިބޭ ޕޮއިންޓުގެ އަދަދު ވެސް އިތުރު ވެގެންދެ އެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި ސުވާލު މުބާރާތުގައި ބައިވެރި ވެވޭނީ “GO” ޖެހުމަށް ފަހު 4242 ނަމްބަރަށް އެސްއެމްއެސް ކޮށްގެންނެވެ. ކްރޭޒީ ރޭހުގައި ބައިވެރިވާ މީހުނަށް އަގުހުރި އިނާމުތައް ހާއްސަކޮށްފައިވާއިރު ކޮންމެ ހަފުތާއަކާއި ކޮންމެ މަހަކު އަދި މުޅި މުބާރާތް ނިމުމާއެކު ލިބޭ އިނާމުތައް ވެސް ހުރެ އެވެ.

ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފުތާއަކު ދޭ އިނާމުތައް ދޭނީ ބައިވެރިންގެ ތެރެއިން ހޮވޭ މީހުންނަށެވެ. އެ ކުޅުންތެރިއެއްގެ ސްކޯ އިތުރުވާ ވަރަކަށް، ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެން ދާނެ އެވެ.