މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވައި ދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ ރިޔާސީ ބަޔާން މިއަދު މަޖިލީހަށް އިއްވަވައިފި އެވެ. މި ރިޔާސީ ބަޔާނުގައި ކުރިއަށް މި އޮތް އަހަރަށް ސަރުކާރުގެ ސިޔާސަތުތަކާއި ވޭތުވެ ދިޔަ އަހަރު ސަރުކާރަށް ހޯދިފައިވާ ކާމިޔާބީތަކުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވެވިއިރު، ހާރިޖީ ދާއިރާ އާއި އިގްތިސޯދީ ދާއިރާގެ އުސްއަލިތަކުގެ މައްޗަށް ރައީސްގެ ރިޔާސީ ބަޔާނުގައި އަލި އަޅުވައިލައްވާފައި ވެއެވެ.