ހަބަރު

ޑްރަގްސްއާ އެކު އެސިސްޓެންޓް އޭޖީގެ ދެކަނބަނލުން ހައްޔަރުކޮށްފި

Sep 29, 2015

އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް އާއި އޭނާގެ އަނބިކަނބަލުން ޕީޖީގެ ލޯޔަރު ހަނާ ވަހީދު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 11:00 އެހާކަންހާއިރު ބިޔަރު ދަޅުތަކަކާއި އެހެން ވެސް މަސްތުވާތަކެއްޗާ އެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މ. ހަނީ ޑިއުއިން ކަމަށެވެ. ކަށަވަރުވެފައިވާ ގޮތުގައި އެއީ އެދެބޭފުޅުންނެވެ.

ފުލުހުން އެ ގެޔަށް ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ އެ ގެގޭގައި ގިނަ އަދަދަކަށް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ރިޕޯޓް ލިބިގެންނެވެ. އަދި އެ ގެ ފާސްކުރުމުގ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނެވެ.

ވިޝާމް އަކީ ވަރަށް ގިނަ ބޮޑެތި ކޭސްތަކެއްގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، އޭނާގެ އަނބިކަނބަލުން ހަނާ އަކީ ޕީޖީގެ ސީނިއާ ޕްރޮސިކިއުޓަރެކެވެ. އަދި އދ ގެ އާބިޓްރަރީ ޑިޓެންޝަންގައި ކުރިއަށްދާ ނަޝީދުގެ މައްސަލައިގައި ވިޝާމްގެ ދައުރު ވަރަށް ބޮޑެވެ. އޭނާ އެސިސްޓެންޓް އޭޖީ އަކަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ.