މޫސުން

މިއަދާ މާދަވެސް ގަދަ ވިއްސާރަ ކުރާނެ

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާގެ މޫސުމީ ފޯކާސްޓްތައް ދައްކާ ގޮތުން މާދަމާ ހެނދުނުގެ 10:00 ޖެހުމާ ހަމައަށް ވެސް ރާއްޖޭގެ އެކި ހިސާބަށް ގަދަ ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ އިރު ބައެއް ސަރަހައްދުތަކަށް މޫސުމީ "ވައިޓް އެލާޓް" ނެރެފައި ވެއެވެ.

ރާއްޖޭގެ ޖުމްލަ މޫސުމަށް ބަލާއިރު ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށް ފޯކާސްޓްތަކުން ދައްކަ އެވެ. މި ވިއްސާރައިގެ އަސަރު އުތުރާއި ދެކުނަށް ބޮޑު ވާނެ އެވެ.

މާދަމާގެ 10:00 ޖެހުމާ ހަމައަށް

  • ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ
  • މެދާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލަށް ވައިޖެހޭނެ
  • ދެކުނަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ
  • ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން
  • ރާއްޖޭގެ ކަނޑުތައް ގަދަވާނެ
  • ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާނެ

ހުޅަނގު މޫސުމުގެ ވާރޭ ނަކަތެއް!

މިދިޔަ ހަފުތާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށަށް އުދަ އަރާފައިވާއިރު މިހާރު ހިނގަމުން މި ދަނީ ހުޅަނގު މޫސުމުގެ އަށް ވަނަ ނަކަތް ކަމަށްވާ ފުސް ނަކަތެވެ. މި ނަކަތް ޖުލައި 15 އިން ފެށިގެން 28 އަށް ދެމިގެން ދާނެ އެވެ. މި ނަކަތުގައި އުޑުމަތީގައި ފުސް ވިލާ ގިނަވެފައި ބޯކޮށް ވާރޭ ވެހުން ގިނަވާނެ އެވެ. މި ނަކަތާއެކު އަންނަ ވިއްސާރަ، މި މޫސުމުގެ ނުވަވަނަ ނަކަތް ކަމުގައިވާ އަހުލިހަ އާއި ދިވަނަ ނަކަތް ކަމުގައިވާ، މާ ނަކަތުން ނެއްޓި ފުރަ ނަތަކުގެ މެދާ ހަމައަށް ދެމިގެން ދާނެ އެވެ. އަހުލިހަ އާއި މާ ނަކަތުގައި ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.