LIVE UPDATES

އަލިފާނުގެ ބޮޑު ހާދިސާއެއް، ބޮޑެތި ގެއްލުން

ވެރިރަށް މާލޭގެ ހެންވޭރުގައި މިރޭ ވަރަށް ބޮޑު އަދި ވަރަށް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ އިމާރާތަކަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ. މިރޭ ގާތްގަނޑަކަށް 9:30 އެހާކަން ހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ "ކެފޭ ޓީއޯލޯ" ގެ ނަމުގައި ކެފޭއެއް ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެތާނގައި ހިފިލި އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް އެ އިމާރާތާ ޖެހިގެން ހުންނަ އިންޑިއާ ބޭންކު، އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސްތައް ފަދަ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ހިންގާ، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯ ގެއްލުންތައް ވެފައި ވެއެވެ. ގިނަ އަދަދެއްގެ ފަޔާމަނުންނާއި ފަޔާލޯރިތައް ބޭނުންކޮށްގެން މިރޭ އަލިފާން ނިއްވާލެވުނު އިރު 12:00 ޖަހައޮ ބޮޑުވެއްޖެ އެވެ. މި ބޮޑު އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވެއެވެ.