LIVE UPDATES

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކޮށްފި

Updated:
  • ގަރާރު ފާސް ކުރީ 58 ވޯޓުން
  • ފާސް ކުރަން ހުށަހެޅީ މެންބަރު ނިހާން، ތާއީދު ކުރެއްވީ ގާސިމް އިބާރާހިމް
  • މަޖިލީހުގެ ޖަލްސާއެއް މެންދުރު ފަހު 2:30 ގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ރިއާސީ ގަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު 11:00 ޖަހާއިރު ފަށާނެ އެވެ. ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރޭ ގަރާރު، އެ ގަރާރު ނެރޭތާ 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހެ އެވެ. ގަރާރު އެކުގައި ނުވަތަ ގަރާރުގެ ވަކި ބައެއް އުނި ކުރުމަށްފަހު ވެސް ފާސްކުރެވިދާނެ އެވެ. އެ ގަރާރު ބާތިލު ވެސް ކުރެވިދާނެ އެވެ.