LIVE UPDATES

ނައިބު ރައީސް ކަމުން އަދީބު ވަކިކޮށްފި

Updated:
1
  • އަދީބު ވަކި ކުރީ 61 ވޯޓުން
  • އެމްޑީޕީ ވޯޓުގައި ބައިވެރިއެއް ނުވޭ

ނައިބު ރައީސް އަހުމަދު އަދީބު އިތުބާރު ނެތް ކަމުގެ މައްސަލަ ރަޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ. މަޖިލީހުގެ އެ ޖަލްސާ ފަށާނީ 2:30 ގައެެވެ.

ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ، ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީން ވައްދާފައި ވަނީ 52 މެމްބަރުންގެ ސޮޔާ އެކު މިދިއަ މަހުގެ 27 ވަނަ ދުވަހު އެވެ. މި ވޯޓް ކާމިޔާބު ކުރުމަށް މަޖިލީހުގައި ބޭނުން ވަނ 57 މެންބަރުންގެ ވޯޓެވެ. މި ތިން ޕާޓީގެ ޕީޖީ ގްރޫޕް އެކުވުމުން ލިބޭނީ 59 ވޯޓެވެ.

މިއަދު މި މައްސަލަ އެޖެންޑާ ކުރި އިރު ނައިބު ރައީސަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ވެސް ވަނީ ފޮނުވާފައެވެ. ނަމަވެސް އިއްޔެ އިން ފެށިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ގަރާރުން ކަނޑައެޅި ކަންތައްތަކުގެ ތެރޭގައި އެ މުއްދަތު ވަނީ 7 ދުވަހަށް ކުރުވެފައެވެ.