LIVE UPDATES

ޕީޖީގެ މަގާމުން މުހުތާޒު މުހުސިން ދުރުކޮށްފި

Updated:
8

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް މިރޭ 11:00 ޖަހާއިރު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މިރޭ ޖަލްސާ ބާއްވާއިރު މިއަދު ކުރިޔަށް ނުގެންދެވުނު މިނިވަން މުއައްސަސާތަކުގެ ސަބް ކޮމެޓީގެ ރިޕޯޓް ނިންމާ މިހާރު ވަނީ މަޖިލީހަށް ފޮނުވާފައެވެ.

މިރޭ ޖަލްސާ ބާއްވާއިރު މުހުތާޒު މުހުސިންގެ އިތުބާރު ނެތް ކަމަށް މިއަދު މަޖިލިހަށް ވެއްދި މައްސަލަ ބަލަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ސަބް ކޮމިޓީއަށް މިއަދު ހަވީރު ޕީޖީ މުހުތާޒު މުހުސިން ހާޒިރު ކުރި އެވެ. ނަމަވެސް އެ ކޮމެޓީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލީ އެވެ. ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ކޮމެޓީ ކުރިޔަށް ގެންދެވޭ ގޮތް ނުވީ ކޮމެޓީ ސިއްރުކޮށްފައި ވަނިކޮށް ކޮމެޓީގެ މެންބަރު ރޮޒައިނާ ފޯނުން ކޮމެޓީގެ ވާހަކަތައް ރިކޯޑް ކުރައްވަން މަސައްކަތް ކުރެއްވުމުންނެވެ.

ކޮމެޓީ ބައްދަލުވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ މުހުތާޒު ވިދާޅުވީ އޭނާ ބޭނުންވަނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ކަމަށާއި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެޓީގައ "ކިންގްސް ކޯނާ" ގައި މަޖިލީހުގެ މެންބަރުންތަކަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ އަމާޒު ކުރި ސުވާލުތަކަށް ވެސް ޕީޖީ ވަނީ ޖަވާބު ދެއްވާފައެވެ. ވިދާޅުވީ ބައްދަލު ކުރެއްވި ކަމަށާއި އެއީ ނަޒާހާތްތެރިކަން ގެއްލޭވަރު ކަމެއް ކަމަށްވާނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި ހައްޔަރު ކޮށްފައިވާ ހާމިދު އިސްމާއިލްގެ ވަކީލު އަލީ ހުސައިންއާ ބައްދަލު ކުރެއްވީ އެކުގައި ކިޔަވަން އުޅުއްވި ބޭފުޅެއްގެ ގޮތުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޕީޖީ މުހުތާޒުގެ މައްސަލަ ހުށަހެޅީ ތިން މެމްބަރަކު ސޮއިކުރައްވާ މިއަދު އެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އެ މައްސަަ ހުށަހެޅީ މުހުތާޒު ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި ސޮއިކުރެއްވީ ޕީޕީއެމްގެ އަބްދުއްރަހީމް އަބްދުﷲ އާއި މުހައްމަދު ވަހީދު އިބްރާހިމް އަދި ޖުމްހޫރީ ޕާޓީގެ އިލްހާމް އަހުމަދެވެ.