ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ނަސީމް

މިނިސްޓަރު ނަސީމްގެ ނިއުސްކޮންފަރެންސްއެއް މިރޭ

ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވުމުގައި އިހުމާލުތަކެއްވެފައިވާ ކަމުގެ ތުހުމަތު ބޮޑުވެ އެ މައްސަލަ ބަލަން ފަށާފައިވާކަން ހާމަކޮށްފައިވަނިކޮށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނިންމައިފި އެވެ.

ކޮވިޑްގެ މައުލޫމާތު ހާމަކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުން މިއަދު ހަވީރު ބާއްވާފައެއް ނުވެއެވެ. އޭގެ ފަހުން ހެލްތް މިނިސްޓްރީން ބުނީ މިރޭ 10 ޖަހާއިރު ނޫސްވެރިންގެ ބައްދަލްވުމެއް އޮންނާނެ ކަމަށެވެ. އަދި އެ ބައްދަލްވުމުގައި ބައިވެރިވެވަޑަައިގަންނަވާނީ މިނިސްޓަރު އަހުމަދު ނަސީމް ކަމަށެވެ.

މިޝްކާ ނިޔާވުމާއި މެޑިކަލް ފެސިލިޓީގެ އިހުމާލުން އެތައް ބަޔަކު ނިޔާވަމުންދާ ކަމުގެ ޝަކުވާތަކާއެކު ސަރުކާރާއި މިނިސްޓަރު ނަސީމް އަދި ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އިހުމާލުގެ އެތައް މައްސަލަތަކެއް އާންމުން ވަނީ ފެންމަތިކޮށްފައެވެ.