ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ނަސީމް

ކޮވިޑް ނިމިއްޖެ ކަމަކަށް އަދި ނުނިންމޭނެ: ނަސީމް

Feb 27, 2022
1

ކޮވިޑް 19ގެ އުދަގޫ ހާލަތް ނިމުމަކަށް އައިސްފައިވާ ކަމަށް އަދި ނިންމައިގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ 2020 ވަނަ އހަަރުގެ ތަފާސްހިސާބު ރިޕޯޓް އާންމުކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިިސްޓަރު ނަސީމް ވިދާޅުވީ ދުނިޔޭގައި އުޅޭއިރު ކުރިމަތިވާ ކަންކަމުން އިބްރަތް ހާސިލްކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާޒީގައިވެސް ރާއްޖޭގައި ބަލިމަޑުކަން ފެތުރި އަދި ބައެއް ކާރިސާތައް ހިނގާފައިވާ ކަމަށާއި ތަފާސްހިސާބުން އެކަންކަމުގެ މައުލޫމާތު ސާފުވެގެންދާ ކަމަށެވެ. އެގޮތުން މާޒީގެ ކަންކަމަށް ބަލާއިރު ކޮވިޑް ނިމިއްޖެ ކަމަށް ނިންމަން އަދި އަވަސް ކަމުގައި ވިދާޅުވި އެވެ.

"ދުނިޔޭގައި އުޅޭހާ ހިނދަކުން އަޅުގަނޑުމެންނަށް އަބަދުވެސް މިކަހަލަ ކަންކަމާ ދިމާވާނެ. އެއްކަމަކުން އިބުރަތް ހޯދައިގެން އަނެއް ކަމަކަށް ތައްޔާރުވެގެން އަބަދު ވެސް ތިބެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ތަފާސްހިސާބު ބަލަހައްޓަން ފެށުމުން ކަންކަން ރާވައިގެން ކުރިއަށް ގެންދަން ފަސޭހަވުމުގެ އިތުރުން ފިޔަވަޅުތައް އަަޅަންވެސް ފަސޭހަވާ ކަމަށެވެ.

ކޮވިޑް ނުނިމޭ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި ނަމަވެސް ކޮވިޑް ފެތުރޭތީ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ސަރުކާރުން މިހާރު ވަނީ ވަރަށް ގިނަ ލުއި ދީފަ އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކޮންމެ 30 ދުވަހަކުން އަދިވެސް އިތުރުކުރަމުން ގެންދެ އެވެ.

މިދިޔަ ހަފްތާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ސީނިއާ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނޭ އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ކޮވިޑް ނިމިއްޖެ ކަމަށް ބަލައި މާސްކް ނަގަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.