ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްއައި ކޮލެޖުން މަގަތުސަފަށް ކާންދެނީ

Jun 6, 2021
1

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކާތަކެތި ހަދިޔާކުރަން އެމްއައި ކޮލެޖުން ނިންމައިފި އެވެ.

އެ ކޮލެޖުން ބުނީ ހަދިޔާ ކުރާ ކާ އެއްޗެހި ހަވާލު ކުރާނީ މާދަމާ އެކަމަށް ހާއްސަ ކޮށްގެން ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންދަން ނިންމާފައިވަނީ އޮންލައިން ކޮށެވެ.

އެމްއައި ކޮލެޖުން މީގެ ކުރިން ވެސް ވަނީ ރަށް ރަށުގައި ގާއިމު ކޮށްފައިވާ ކޮވިޑް-19 ޓާސްކްފޯސް ޓީމްތަކަށް ސެނިޓައިޒާ އާއި މާސްކު ފަދަ ތަކެތި ވަނީ ހަދިޔާ ކޮށްފަ އެވެ.

އެމްއައި ކޮލެޖުން ބުނީ ފްރޮންޓު ލައިންގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކާއެކު އެ ކޮލެޖު އަބަދުވެސް ބައިވެރިވާނެ ކަމަށެވެ.