ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 14 ރަށެއް

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 14 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން މިދިޔަ މަހު 23 ވަނަ ދުވަހު އަޕްޑޭޓް ކުރި ލިސްޓްގައި ބަންދުކޮށްފައި އޮތް ރަށްތަކުގެ އަދަދަކީ 20 އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ލިސްޓް ބުނާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދުކުރި ހއ. އިހަވަންދޫ އެވެ.

ޖެނުއަރީ މަހު އެޗްޕީއޭ އިން ވަނީ އަށް ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ލ. ގަން، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ހއ. ދިއްދޫ، ލ. ދަބިދޫ، ށ. ކަނޑިތީމެވެ

މިދިޔަ މަހު އެޗްޕީއޭއިން ވަނީ ފަސް ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ތ. ވިލުފުށީ، ރ. އަލިފުށި، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމްފަރު އަދި ހއ. ހޯރަފުއްޓެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޖުމްލަ 535 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އަތޮޅު ތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 448 އެވެ.