ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 290 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ގދ. ތިނަދޫއިން މަރުވެއްޖެ އެވެ.

ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 90 އަހަރުން މަތީގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ މަރުވީ ކޮވިޑް ބަލި ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 290 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،706 މީހުންނެވެ. މިހާތަނަށް 146،161 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 26 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.