ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 20 ރަށެއް

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 20 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން މިމަހުގެ 18 ވަނަ ދުވަހު އަޕްޑޭޓް ކުރި ލިސްޓްގައި ބަންދުކޮށްފައި އޮތް ރަށްތަކުގެ އަދަދަކީ 27 އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ލިސްޓް ބުނާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދުކުރި ކ. މާފުއްޓެވެ. މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ހއ. އިހަވަންދޫ ވެސް ބަންދު ކޮށްފަ އެވެ.

މިދިޔަ މަހު އެޗްޕީއޭ އިން ވަނީ 18 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ލ. ގަން، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. ދަބިދޫ، ށ. ކަނޑިތީމު، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. ކެންދޫ އަދި ރ. އިގުރައިދޫ އެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ ފަސް ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ތ. ވިލުފުށީ، ރ. އަލިފުށި، ލ. ފުނަދޫ، ހދ. މަކުނުދޫ އަދި ހދ. ނޮޅިވަރަމްފަރެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޖުމްލަ 796 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އަތޮޅު ތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 669 އެވެ.