ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބަންދުގެ ލިސްޓަށް އިތުރު ހަ ރަށެއް

ކޮވިޑް ބަލި ފެތިރެމުންދާތީ އެޗްޕީއޭއިން ބަންދުކުރާ ރަށްތަކުގެ ލިސްޓައް ހަ ރަށެއް އިތުރުކޮށްފި އެވެ.

އެޗްޕީއޭގެ މި ނިންމުމާ އެކު ބަންދުގައިވާ ރަށްތަކުގެ ލިސްޓު ވަނީ 23 އަށް އިތުރުވެފަ އެވެ.

އެޗްޕީއޭއިން މިއަދު މޮނިޓަރިންނަށް ލާފައިވާ ހަ ރަށަކީ ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ އަދި އެ އަތޮޅު ހިތަދޫ، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ އެވެ.

ބަންދުގެ ލިސްޓްގައިވާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދު ކޮށްފައިވާ ކ. މާފުއްޓެވެ. މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ހއ. އިހަވަންދޫ ވެސް ބަންދު ކޮށްފަ އެވެ.

މިއަދު މޮނިޓަރިންނަށް ލި ހަ ރަށުގެ އިތުރުން މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 15 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ އަދި ބ. ގޮއިދޫ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފަ އެވެ. އިއްޔެ ކޮވިޑަށް 1697 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން 680 މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވީ މީހުންނެވެ.