ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބަންދު ލިސްޓަށް އިތުރު ދެ ރަށް

Jan 30, 2022

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ ލިސްޓަށް ދެ ރަށެއް އިތުރު ކޮށްފި އެވެ.

އެޗްޕީއޭގެ މި ނިންމުމާއެކު ބަންދުގައިވާ ރަށްތަކުގެ ލިސްޓު ވަނީ 33 އަށް ބަދަލުވެފަ އެވެ. ކޮވިޑް ރަށުތެރޭގައި ފެތުރެމުންދާތީ އެޗްޕީއޭއިން އެންމެ ފަހުން ބަންދުކުރި ދެ ރަށަކީ ބ. ކެންދޫ އަދި ރ. ކިނޮޅަހެވެ.

ލިސްޓްގައިވާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދުގައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދު ކޮށްފައިވާ ކ. މާފުއްޓެވެ. މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ހއ. އިހަވަންދޫ ވެސް ބަންދު ކޮށްފަ އެވެ.

އަލަށް ބަންދުކުރި ދެ ރަށް ހިމެނޭހެން މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 31 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ،، ނ. ކުޑަފަރި، ގދ. ތިނަދޫ. ގދ. މަޑަވެލި. އދ މަހިބަދޫ. ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި، ނ. މާޅެންދޫ، ބ. ކެންދޫ އަދި ރ. ކިނޮޅަސް އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފަ އެވެ. އިއްޔެ ކޮވިޑަށް 2689 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 994 އެވެ.