ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބަންދުގެ ލިސްޓަށް ތިން ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދުރާ ރަށްތަކުގެ ލިސްޓައް ތިން ރަށެއް އިތުރު ކޮށްފި އެވެ.

އެޗްޕީއޭއިން އިއްޔެ ބަންދުކުރި ތިން ރަށަކީ ގދ. ގައްދޫ އާއި ރ. އުނގޫފާރު އަދި ހދ. ހަނިމާދޫ އެވެ.

ކޮވިޑް-19 އިގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެންގޮސް ބަންދުގައިވާ ރަށްތަކުގެ ވަރަށް ފަހުން ދަށްވުމަށް ފަހު އަނެއްކާ މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ.

މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދު ކޮށްފައިވާ ކ. ތުލުސްދޫ އެވެ. ޑިސެމްބަރު މަހު އެޗްޕީއޭއިން ދެން ބަންދު ކުރި ރަށްތަކަކީ ކ. މާފުށި އަދި ހއ. އިހަވަންދޫ އެވެ.

އިއްޔެ ބަންދު ކުރި ރަށްތައް ހިމެނޭ ގޮތަށް މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ބަންދުކުރި ރަށްތަކަކު އަދަދު ވަނީ 10 އަކަށް އިތުރުވެފަ އެވެ. އެ ރަށްތަކަކީ ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ އަދި ލ. ގަމެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފަ އެވެ. އިއްޔެ ކޮވިޑަށް 1209 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 408 އެވެ.