ހަބަރު

ގްރޭޑް އެކަކަށްދާ ކުދިންގެ އާލީ ރިސްކް އެސެސްމެންޓް ހަދާނަން: މިނިސްޓަރު

އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލުތަކުން ގްރޭޑް އެކަކަށް ވަންނަ ކޮންމެ ކުއްޖެއްގެ "އާލީ ރިސްކް އެސެސްމަންޓް" ޓެސްޓެއް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެންނަ އިންގިލާބީ ބަދަލުތަކަށާއި ވޭތުވެދިޔަ ދެ އަހަރުތެރޭ އެޑިއުކޭޝަން މިނިސްޓްރީ އިން ކުރަމުން އަންނާ މަސައްކަތްތަކުގެ ވާހަކަދައްކަވަމުން ޝިހާމް ވިދާޅުވީ އެމިނިސްޓްރީ އިން އިޖުތިމާއީ ހާލަތާއިި ދިރިއުޅުމުގައި ދަތިތަކެއް ހުރި ކުދިންނަށް ހާއްސަ ސަމާލު ކަމެއް ދީގެން މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލުތަކުން ގްރޭޑު އެކަކަށް ވަންނަ ކުދިންގެ ހާލަތު ވަޒަން ކުރުމަށް "އަރލީ ރިސްކް އެސެސްމަންޓު ޓެސްޓް" އެއް ހަދާނެ ކަމަށެވެ.

"މީގެ ބޭނުމަކީ ދިރުއުޅުމުގެ ދަތިތަށް ދިމާވާނެ ކަމަށް ލަފާ ކުރެވޭ ކުދިންގެ ހާލަތު ދެނެގަނެ އެކުދިންނަށް ސްކޫލު ތެރެއިންނާއި ބެލެނިވެރިން ގުޅިގެން އެހީ ވާން. އޭރުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ތަންކޮޅެއް ހަމަޖެހިގެން ރަނގަޅަށް އުޅޭ އާއިލާތަކުގެ ކުދިންނާއި އެއްވަރަސް މިކުދިންނަށް ދެވޭނެ،" ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވީ ގޮތުގައި މިއަހަރު ނިމޭ އިރު މި ރިސްކް އެސެސްމަންޓު ހަދާނެ މީހުން ތަމްރީން ކުރެވިގެން ދާނެ ކަމަށާއި އަދި އަންނަ އަހަރަށް ވާއިރަށް ހުރިހާ ސްކޫލުތަކެއްގައި މިކަން ކުރާނެ މީހުން ހުންނާނެ ކަމަށެވެ.