ހަބަރު

އޯލެވެލް ނަތީޖާދަށް ދަރިވަރުންނަށް ދެވަނަފުުރުސަތު

ޖީސީއީ އޯލެވަލް އިމްތިހާނުގައި އެދެވޭ ނަތީޖާއެއް ނުހޯދޭ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން ސްކޫލުތަކުގައި އިތުރު ފުރުސަތު ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ޖީސީއީ އޯލެވެލްގައި އެދެވޭ ނަތީޖާ ހާސިލް ނުކުރެވޭ ދަރިވަރުންނަށް ސްކޫލްގައި ދެވަނަ ފުރުސަތު ދޭއިރު އިތުރު ހަމަސް ނުވަތަ އަށް މަސް ދުވަހުގެ ސްކޫލްގައި ކިޔަވައިދޭނެ ކަމަށެވެ. އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގައި އެގޮތަށް އަމަލުކުރަން ފަށަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

""ވަރަށް ރަނގަޅަށް ނަތީޖާ ލިބޭނެކަމަށް އުންމީދު ކުރާދިންނަށް ވެސް ބައެއް ފަހަރަށް ތަފާތު ސަބަބު ތަކާހެދި އެދެވޭ ނަތީޖާ ނުހޯދިދޭ، ބަލިވެގެން ނުވަތަ އެހެން ކަމެއް ވެގެން އެންމެ އެދެވޭ ނަތީޖާ ހޯދުމުގައި ދަތިތަކެއް ދަތިތަކެއް ދިމާވޭ. އެހެންވީ މަ އެފަދަ ކުދިންނަށް އިރާދަކުރެއްވިއްޔާ އަންނަ އަހަރުން ފެށިގެން އަލުން ގާތްގަންޑަކަށް އިތުރަށް އެއް އަހަރުގެ ފުރުސަތު ސުކޫލުތަކުގައި ދެވޭގޮތަށް ހެދުމަށް މަސައްކަތް އެބަ ކުރަން،" ޝިހާމް ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން ސްކޫލުތަކަށް ގެންނަ އިތުރު ބަދަލެއް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ސްކޫލް ނިންމުމަށްފަހު 18 އަހަރު ވަންދެން ސްކޫލްގެ ތެރެއިން ހިންގާ ޕްރޮގްރާމްތަކާއި ގުޅޭ މުހިންމު މަސައްކަތްތަކުގައި ބައިވެރި ވުމުގެ ފުރުސަތު އެކުދިންނަށް ހުޅުވޭނެ ކަމަށެވެ.