ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު 3418 މީހުން ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު އިތުރު 3418 މީހުން ވެކްސިން ފުރިހަމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ބުރާސްފަތި ދުވަހު 3418 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 2212 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ދިން 1206 މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 388053 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެެއެވެ. އަދި 314010 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމެއް މިދިޔަ މަހު 15 ވަނަ ދުވަހު ފަށާފަ އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެންނެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ގާތްގަނޑަކަށް 40،000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ ކަމަށެވެ.