ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެމެރިކާއިން ރާއްްޖެއަށް ވެކްސިން ހަދިޔާކޮށްފި

Jan 28, 2022
1

އެމެރިކާއިން ރާއްޖެއަށް ހިލޭ އެހީގެ ދަށުން 210،000 ޑޯޒް ވެކްސިން ހަދިޔާ ކޮށްފި އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ އެމެރިކާއިން ހަދިޔާކުރި ވެކްސިން ކޮވިކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެމެރިކާއިން ރާއްޖެ ހަދިޔާކުރީ ފައިޒާ ވެކްސިންގެ 210،000 ޑޯޒް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ވެކްސިނާއި އެކުގައި ސިރިންޖުވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެމެރިކާއިން މީގެކުރިން ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް 229،320 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 397،504 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި
369،551 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ބޫސްޓާ ޑޯޒް 62،402 މީހަކު ޖަހާފައި ވެއެވެ.