އަލިފާން

ޕަވާ ބޭންކެއްގައި އަލިފާން ރޯވެ އުޅަނދަށް ބޮޑު ގެއްލުމެއް

Sep 19, 2021

ދަރުބާރުގޭގެ ދެކުނު ފަރާތުގައި ޕާކް ކޮށްފައި އޮތް ވޭނެއްގައި އަލިފާން ރޯވެއްޖެ އެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:31 ހާއިރު އެވެ.

ސިފައިންގެއިން ބުނީ މިހާދިސާ ހިނގާފައިވަނީ ވޭންގެ ޑޭޝްބޯޑް މަތީގައި ބާއްވާފައި އޮތް ޕަވާ ބޭންކް ތަކެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.

ވޭންގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ. އަލީފާނުގެ މިހާދިސާގައި ޕިކަޕަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

ދަރުބާރުގޭގެ ސަރަހައްދަކީ ގިނަ އަދަދަކަށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކް ކުރާ ސަރަހައްދެކެވެ.