އެލައިޑް އިންޝުއަރެންސް

އެލައިޑުގެ އަޔާދީ ތަކާފުލް އިން ހިޔާ ފްލެޓަށް ރައްކާތެރިކަން

އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލް އިން ހިޔާ ފްލެޓަށް ހާއްސަކޮށް "އަހަރެންގެ ހިޔާ" ގެ ނަމުގައި އިސްލާމިކް އިންޝުއަރެންސް ޕްރޮޑަކްޓެއް މިއަދު ތައާރަފް ކޮށްފި އެވެ.

އެލައިޑް އިންޝުއަރެންސުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން ބުނީ މި ޕްރޮޑަކްޓަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހާއްސަ ޕްރޮޑަކްޓެއް ކަމަށެވެ. "އަހަރެންގެ ހިޔާ" ތަކާފުލް ޕްލޭން ނެގުމުން ފަރުނީޗަރާއި ދޮންނަ މެޗިނުން ފެށިގެން ފްލޯ ކާޕެޓާއި ހަމައަށް ގޭގައި ގެންގުޅޭ ސާމާނު ތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ސާމާނަށް ރައްކާތެރިކަން ލިބޭނެ އެވެ. މި ޕްލޭން ކަވާ ކުރާނީ މި ޕްރޮޑަކްޓްގެ ތެރޭގައި ހިމެނޭ ތަކެއްޗަށް އެކަންޏެވެ.

އަޔާދީ ތަކާފުލްގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވި ގޮތުގައި މި ޕްރޮދަކްޓްގެ ދަށުން ބަދަލު ލިބޭނީ އަލިފާނުގެ ހާދިސާ، ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން ލިބޭގެއްލުމުގެ ބަދަލު ވައްކަމުގެ ސަބަބުންނާއި ވައްކަން ކުރަން އުޅުމުގެ ތެރޭގައި ލިބޭ ގެއްލުންތަކުގެ ބަދަލެވެ. އަދި ގުދުރަތީ ކާރިސާ ތަކުގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ ބަދަލު ވެސް މި ޕްރޮޑަކްޓްގެ ދަށުން ކަވާ ކުރާނެ ކަމަށް ފަރީދާ ވިދާޅުވި އެވެ. މި ޕްރޮޑަކްޓުގައި ތިން ބައެއް ހިމެނެ އެވެ.


އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ތިން ޕްރޮޑަކްޓުގައި ވެސް ގޭގައި ގެންގުޅޭ ބޮޑެތި ސާމާނުތައް ކަވާ ކުރާނެ ކަމަށެވެ.

ހިޔާ ފްލެޓަށް ތައާރަފުކުރި ތިން ޕެކޭޖެއް

  • ބޭސިކް ޕެކޭޖު: އަހަރަކު ދައްކާ އަދަދު 200
  • އެކްސެލް ޖެކޭޖު : އަހަރަކު ދައްކާ އަދަދު 300
  • ޕްރިމިއަމް ޕެކޭޖު: އަހަރަކު ދައްކާ އަދަދު 400

ބޭސިކް ތަކާފުލް ޕެކޭޖު ނަގާ ފަރާތްތަކުން އަހަރު ދައްކަން ޖެހޭ ކޮންޓްރިބިއުޝަން ގޮތުގައި 200 ރުފިޔާ އެވެ. އަދި ބަދަލުގެ ގޮތުގައި 150،000 ރުފިޔާ ލިބޭނެ އެވެ. އަދި އެކްސެލް ޕްލޭން އަހަރަކު 300 ރުފިޔާ ދައްކަން ޖެހޭއިރު، ބަދަލުގައި ކަވާ ކުރާނީ 250،000 ރުފިޔާއާ ހަމައަށެވެ. އަދި ޕްރިމިއަމް ޕެކޭޖުގައި 400 ރުފިޔާ ދައްކައިގެން 350،000 ރުފިޔާގެ ކަވަރޭޖެއް ލިބޭނެ އެވެ. އަދި މި ޕްރޮޑަކްޓްގެ ޑިޑަކްޓަބަލްއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ލިބޭ ގެއްލުމުގެ ފަސް ޕަސެންޓެވެ. ނުވަތަ 500 ރުފިޔާ އެވެ. ޑިޑަކްޓަބަލް އަށް އަރާ އަދަދު ދައްކަން ޖެހޭނީ ކަސްޓަމަރު އަމިއްލަ އަށެވެ. އަދި ގެއްލުމުގެ ބާކީ ބައި ކަވާ ކުރާނީ އަހަރެންގެ ހިޔާ ޕެކޭޖުންނެވެ.

މި ޕްރޮޑަކްޓް އިހްތިޔާރު ކުރާ ފަރާތް ތަކުން ކާރިސާއެއް ހިނގުމުން ލަސްނުކޮށް އެކަން ފޯނުން ގުޅައިގެން ނުވަތަ މެއިލް ކޮށްގެން އެންގުމަށް އަޔާދީ ތަކާފުލް އިން އިލްތިމާޒް ކުރެ އެވެ

މި ޕްލޭންގެ މައުލޫމާތު ދޭން މިރޭ ކްލަބް ހައުސްގައި

އެލައިޑުން ވަނީ "އަހަރެންގެ ހިޔާ" ގެ ނަމުގައި އިސްލާމިކް އިންޝުއަރެންސް ޕްރޮޑަކްޓުގެ މައުލޫމާތު ދޭން މިރޭ "ކްލަބް ހައުސް" ގައި އިވެންޓެއް ބާއްވަން ނިންމާފަ އެވެ. އަޔާދީއިން މިފަދަ ޕްލޭނެއް ނެރުނުއިރު މި ޕްލޭން އެންމެ ބޭނުންވާނެ ކަމަށް ބެލެވެނީ "ހިޔާ ފްލެޓް" ލިބުނު މީހުންނަށެވެ.