އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ހާއްސަ ނެޓްވާކިން އިވެންޓެއް ކުރިއަށް ގެންގޮސްފި އެވެ.
މާފުށީގައި "ގެސްޓހައުސް ނެޓްވާކިން ލައިންޗިއަން"ގެ ނަމުގައި ކުރިއަށްގެންދިޔަ މިއިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފަ އެވެ.
ގެސްޓްހައުސްތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އެފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމުގެ މަގުސަދުގައި ރޭވި މިއިވެންޓަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަޔާދީ އިން ވަނީ މިހަރަކާތަށް ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.
ކުރިއަށް އޮތް ތަނުގައި، ޕްރޮޑަކްޓްތައް ތަރައްގީކުރުމުގައި ލިބިގެންދިޔަ ހިޔާލުތަކަށް ބިނާކޮށް ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެ ކަމަށް އަޔާދީ އިން ވަނީ ފާހަގަކޮށްފަ އެވެ.
އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީ އިން ދަނީ މިހާރުވެސް "ގެސްޓްހައުސް ތަކާފުލް"ގެ ނަމުގައި ގިނަ ގުނަ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ.
ތިން ގިންތިއަކަށް ބަހާލައިގެން ދެމުންގެންދާ މިހިދުމަތް ފަރުމާކޮށްފައިވަނީ އަގުގެ ގޮތުންނާއި ކަވަރޭޖްގެ ގޮތުން ކޮންމެ ވިޔަފަރާރިވެރިއަކަށްވެސް މިރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ. އެގޮތުން ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި، އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕާސަނަލައިޒް ކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމުގައި އަޔާދީއިން ފާހަގަކުރެ އެވެ.
"ގެސްޓްހައުސް ނެޓްވާކިން ލައިންޗިއަން"ގެ ތެރެއިން ކުރިއަށް ދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާއި ބެހޭގޮތުން އެލައިޑް އިންޝުއަރެންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ. އަދި މި ނެޓްވާކިން އިވެންޓް ނިންމާލާފައިވަނީ ހަރަކާތުގައި ބައިވެރިވި އެންމެހާ މެމްބަރުންނަށް އެރުވި ހާއްސަ ކެއުމަކުންނެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.